14 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން މާލޭގައި ބޮޑު ދިދައެއް ނަގައިފި

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދިބ ސިޔާސީ ޕާޓީއަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި، ވެރިރަށް މާލޭގައި ބޮޑު ދިދައެއް ނަގައިފިއެވެ.

މިއަދު ހެނދުނު އެމްޑީޕީ ހަރުގޭގައި އޮތް ރަސްމިއްޔާތެއްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ވެރިޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްއެވެ. އަދި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއެވެ،

މި ރަސްމިައްޔާތުގައި އެމްޑީޕީގެ ވެރިންނާއި، އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި، ޕާޓީގެ އާއްމު މެންބަރުންގެ އިތުރުން އާއްމު ރައްޔިތުންވެސް ބައިވެރިވިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 26 ވަނަ ދުވަސް އެމްޑީޕީގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ކޮންމެ އަހަރަކުވެސް އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައެވެ. އެގޮތުން މިއަދުވެސް މާލޭގެ އިތުރުން އެ ޓާޓީގެ އޮފީސްތައް ހުރި ރަށްތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބާއްވާފައިވެއެވެ.

23 ޖޫން 2005 ގައި ރަޖިސްޓްރީކުރި ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ މިވަގުތު އޮތީ ވެރިކަމުގައެވެ. މިއަހަރުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް އެ ޕާޓީން ރާވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ