އެކި އަގުތަކުގައި މިއަދާ ޖެހެންދެންވެސް ކުއްޔަށް ދޫކުރަމުންއައި މާފަންނު ސްޓޭޑިއަގައި ހުންނަ ޓާފް ފުޓްސަލް ދަނޑު ހިލޭ ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
އެކަން އިއުލާން ކުރައްވައި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދަނޑުތައް މިއަދުން ފެށިގެން ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށެވެ.
"މާފަންނު ސްޓޭޑިއަމްގައި ގަޑިއަކު 2000ރ/1000ރ/500ރ އަށް ދޫކުރަމުން ގެންދިޔަ ފުޓްސަލް ޓާފް ދަނޑު މިއަދުން ފެށިގެން ހިލޭ ދޫކުރާގޮތަށް ނިންމާފައިވާ ވާހަކަ ދަންނަވަވަން."މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް ވިދާޅުވީ، އެ ދަނޑު މެންދުރުފަހު 02:00 އިން ހަވީރު 06:00 އަށް ދޫކޮށްފައިވާނީ އެފްއޭއެމް އަށް ކަމަށާއި، އެހެން ގަޑިތަކުގައި ކުޅެންދާން ބޭނުންވާ ފަރާތްތަކުން ދެން ނަން ނޯޓުކުރާނީ އެކުވެނީގައި ކަމަށެވެ.
Maafannu Stadium ga gadi akah 2000/1000/500 rufiyaa ah dhookuramun gendhiya futsal turf miadhun feshigen hiley dhookuraagothah nimmivaahaka dhannavan.
— Ahmed Mahloof (@AhmedMahloof) June 26, 2019
14:00-18:00 ah dhookoffaivaanee FAM ah.
Ehen gadi thakugai kulhendhaan beynunvaa faraaiythakun dhen nan note kuraanee Ekuveni ga.
ކުޅިވަރު ކުރިއެރުވުމަށްޓަކައި ޔޫތް މިނިސްޓްރީން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ރާއްޖޭގެ ރަށްތަކުގައި ޓާފް ފުޓްބޯޅަ ދަނޑު އަޅައި، ފުޓްސަލް ދަނޑުތައް ތަރައްޤީ ކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.



