ލޫކަސް ޖަލީލް

ލޫކަސް ޖަލީލް ހެރިޓޭޖްގެ ޑިރެކްޓަރަކަށް

ތާރީޚް ދިރާސާ ކުރުމާއި، ތާރީޚު ލިޔުއްވުމުގެ އިތުރުން އެމްޑީޕީގެ މީސްމީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު ޝައްމޫން ޖަލީލް (ލޫކަސް ޖަލީލް) އަށް ސަރުކާރުން ސިޔާސީ މަޤާމެއް ދެއްވައިފިއެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ލޫކަސް ޖަލީލަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ކަލްޗުރަލް ހެރިޓޭޖްގެ ޑިރެކްޓަރުގެ މަޤާމެވެ.

މަޤާމް ދެއްވުމާއެކު ލޫކަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތާރީޚާއި ތަރިކަ އަދި ޘަގާފަތާ ގުޅޭ މައުލޫމާތު އެއްކޮށް ލިޔުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެކަމަށާއި، ސަރުކާރުގައި މަސައްކަތްކުރުުމުގެ ދައުވަތުދެއްވައި އެ މަޤާމަށް އައްޔަންކުރެއްވުމަކީ ލިބުނު ހިތްވަރެއް އަދި އުފަލެއް ކަމަށެވެ.

https://twitter.com/Lucasjalyl/status/1143837704552980481

ލޫކަސް ފާހަގަކޮށްލެވިފައިވަނީ، ހައްޤު ބަސް ބުނުމުގައި ޖެހިލުންކުޑަ، މަޢުލޫމާތު ހޯދައި، އާއްމު ރައްޔިތުންނަށް ފޮރުކޮށްދިނުމުގައި ކުޅަދާނަ ފަރާތެއްގެ ގޮތުގައެވެ.

ދިވެހި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ލޫކަސް އޭނާގެ އަމިއްލަ ވެބްސައިޓްގައި މުހިންމު މަޢުލޫމާތުތަކެއް ލިޔުއްވާ އާއްމުންނަށް ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ