"ގަދީމީ އާސާރުތައް ފެންނަން ނެތުމަކީ މާޒީ ދޮގުކުރަން އޮތް ސަބަބެއް ނޫން"

މާލޭގެ ގަދީމީ އާސާރުތައް މިއަދު ފެންނަން ނެތުމަކީ މާޒީގައި ހިނގި ކަންކަން ދޮގުކުރަން އޮތް ސަބަބެއް ނޫންކަމުގައި ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރު މަޤާމް އަދާކުރައްވަމުން އަންނަ ޝައްމޫން ޖަލީލް (ލޫކަސް) ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ފަޚްރުވެރި 461 ވަނަ ޤައުމީ ދުވަހާއި ދިމާކޮށް ލޫކަސް މިއަދު ވިދާޅުވެފައި ވަނީ އެޗް.ސީ.ޕީ ބެލް މާލޭގެ 12 ބުރުޒެއްގެ ނަން ލިޔުއްވާފައިވާކަމަށާއި އަދި ޕޯޗުގީޒު ދުވަސްވަރުގެ ބޮޑުބަޑިއެއްގެ ފޮޓޯވެސް ބެލް ހިމަނާފައިވާކަމަށެވެ. އަދި ޕޯޗުގީޒު އަރުޝީފުތަކުގައި ރާއްޖެއާ ގުޅޭ ލިޔުންތައް ވާކަމަށްވެސް ލޫކަސް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި މީގެ އެތައްސަތޭކަ އަހަރެ ކުރިން ހިނގާފައިވާ ބޮޑެތި އެތައް ހާދިސާތަކެއް މިއަދު ތާރީޚީ ފޮތްތަކުން ފެންނާން އެބަހުއްޓެވެ. އެގޮތުން މިއަދު މި ފާހަގަ ކުރާ ޤައުމީ ދުވަހަކީވެސް ހިޖުރީގޮތުން މީގެ 461 އަހަރު ކުރިން ހިނގާފައިވާ ހާދިސާއަކާއި ގުޅިގެން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.

އެގޮތުން މިއަދަކީ ޕޯޗުގީޒުންގެ އަޅުވެތި އަނިޔާވެރި އުސްތިޢުމާރުން ދިވެހި ޤައުމަށް ނަސްރާއި ނަޞީބާއި ކާމިޔާބު ލިބުނު ޤައުމީ ފަޚުރުވެރި ތާރީޚީ ހާދިސާއަށް 461 އަހަރު ފުރޭ ދުވަހެވެ. މި ހާދިސާ ހިނގާފައި ވަނީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެއްގައެވެ. އެއީ މީލާދީ ގޮތުން 1573 ޖުލައި 1 ވަނަ ދުވަހެވެ.

ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގެ އަރުޝީފުތަކުގައި ދިވެހިރާއްޖެއާއި ގުޅުން ހުރި އެތައް ލިޔުމެއް އެބަހުއްޓެވެ. މިފަދަ ލިޔުންތަކަކީ މިއަދު ދިވެހިރާއްޖޭގެ ތާރީޚު އަޅުގަނޑުމެންނަށް ސިފަކޮށްދޭ މުހިންމު ލިޔުންތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ