އަނެއްކާވެސް މާލޭ ގްރޭންޑުން ބިއްލޫރިގަނޑެއް ވެއްޓިއްޖެ

މާލޭ ގްރޭންޑު ފްލެޓްގެ ބިއްލޫރިގަނޑެއް އަނެއްކާވެސް ވެއްޓިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާލޭ ގްރޭންޑުން މިފަހަރު ބިއްލޫރިގަނޑެއް ވެއްޓިފައިވަނީ 6 ވަނަ ބުރިންނެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 04:03 ހާއިރު މާލޭ ގްރޭންޑްގެ 6 ވަނަ ފަންގިފިލާގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެންގޮސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން އެސަރަހައްދަށް ގޮސް، އިމާރާތް ބެލެހެއްޓުމާ ހަވާލުވެތިބި އެޗްޑީސީގެ މުވައްޒަފުން ގެނެސް ބިއްލީރިތައް ނަގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދާދި ފަހުންވެސް އެ އިމާރާތުގެ ބިއްލޫރިގަނޑެއް އަންހެނަކަށް އަނިޔާވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ