މިފަހަރު ބޮޑު ޢީދަށް ދާންވީ ހޯރަފުއްޓަށް!

ހޯރަފުށީގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ޔޫތް ޑިވޮލޮޕްމެންޓް ސޮސައިޓީ (ހައިޑްސް) އިން ކުލަގަދަ ގޮތެއްގައި އެ ރަށުގައި މިއަހަރުގެ އަލްޙާ އީދު ފާހަގަކުރަން ނިއްމާފައިވާއިރު، މިފަހަރުގެ ބޮޑު ޢީދު ހޯރަފުށީގެ ރައްޔިތުންނަށް ވަރަށް ފޯރިގަދަވާނެއެވެ.

ހައިޑްސް އިން އިންތިޒާމުކޮށްގެން "ހާ އުފާ" ޢީދު ޝޯގެ ގެ ނަމުގައި ހޯރަފުށީގައި މިފަހަރު ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރާއިރު، ރާއްޖޭގެ ހުނަރުވެރި އެތައް ފަންނާނުންތަކެއް މި ޢީދު ޝޯގައި ބައިވެރިވާނެއެވެ.

ކުރިއަށް އޮތް ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހޯރަފުށި ތައްޔާރަށް އޮތްއިރު ،"ހަބޭސް ބޮޑު ގްރޫޕް" އަދި މަޝްހޫރޫ ފަންނާނުން ކަމަށްވާ އާއިޝަތު ރިޝްމީ، ރަވީ ފާރޫޤް، މަރިޔަމް މަޖުދާ، އަޙްމަދު އަޒްމީލްގެ އިތުރުން ޖުމައްޔިލް ނިމާލް "ހާ އުފާ" ޢީދު ޝޯ ގައި ބައިވެރިވާނެއެވެ.

"ހާ އުފާ" ޢީދު ޝޯގައި ބައިވެރިވާ މި ފަރާތްތަކާއެކު މިހާރު އެއްބަސްވުމުގައި ސޮއެ ކޮށްފައިވާއިރު، މި ޝޯ ވެގެންދާނީ ހޯރަފުށީގައި، ހެބޭސް ބޮޑު ބެރު ގްރޫޕުން ބާއްވަ އެންމެ ވަރުގަދަ އެއް ޝޯކަމަށް ހަބޭސްއިން ބުނެފައިވެއެވެ.

މި އީދު ޝޯ ވެގެންދާނީ މިހާތަނަށް ހޯރަފުށީގައި ބާއްވާ އެންމެ ވަރުގަދަ އަދި ފޯރިގަދަ ޝޯކަމަށް ހައިޑްސްއިން ފާޙަގަކޮށްފައިވާއިރު، ހޯރަފުށި ދާއިރާގައި ހިމެނޭ ހޯރަފުށި، ތުރާކުނު، އަދި އުލިގަމު ވެސް ހިއްސާވާގޮތަށް ޢީދު ހަރަކާތްތައް ރޭވިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މިއަހަރު ރާއްޖޭގައި ފާހަގަކުރާ އެންމެ ފޯރިގަދަ ބޮޑުޢީދު ހޯރަފުށީގައި ހައިޑްސް ޖަމްއިއްޔާ އިން އިންތިޒާމުކޮށްގެން ފާހަގަކުރާއިރު، އެ ޖަމިއްޔާއިން ވަނީ، ރަށު ކައުންސިލް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް 33 މީހުންގެ މައްޗަށް “އީދު ސްޓިއަރިންގ ކޮމިޓީ“ އެއްވެސް އެކުލަވައިލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ