ސިވިލްކޯޓްގެ ޤާޟީ އައްއުސްތާޛު ޙަސަން ފަޙީމް އިބްރާޙީމްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން މިކަން ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމިޝަންގެ 39 ވަނަ ބައްދަލުވުމުގައެވެ.
ޤާޟީ ހަސަން ފަހީމްގެ ޝަކުވާ ބެއްލެވުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު މަސްތޫރު ހުސްނީ، މެންބަރު ޢަބްދުއްރައޫފު އިބްރާހިމް އަދި މެންބަރު އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ.
ސިވިލްކޯޓުގެ ޤާޟީ އައްއުސްތާޛު ޙަސަން ފަޙީމް އިބްރާޙީމްގެ ސުލޫކީ މައްސަލަތަކެއްގެ ވާހަކަ ޖަލްސާގައި ދެކެވުނުނަމަވެސް ސީދާ އެއީ ކޮންކޮންކަމެއްކަން ހާމަކޮށްދީފައެއްނުވެއެވެ.



