އެމްޑީޕީ މީސް މީޑިއާ އެކްޓިސިންޓް މުޙައްމަދު ޝިފާން (ޝިފާން) އަށް ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމެއް ދެއްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާން އައްޔަނުކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އައްޔަން ކުރެއްވުމަށްފަހު ޝިފާން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، އެމަގާމަށް އައްޔަނު ކުރެއްވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު މި ޤައުމަށް ހިދުމަތް ކުރައްވާނެ ކަމަށެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ރައީސް އަޅުގަނޑު އައްޔަނު ކުރެއްވުމަކީ ލިބުނު ބޮޑު އުފަލެއް!
— Shifaan (@MvShifaan) June 26, 2019
އިރާދަކުރެއްވިއްޔާ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު މި ޤައުމަށް އަޅުގަނޑު ހިދުމަތް ކުރާނަން!@ibusolih
ޝިފާން އަކީ ވާހަކަދެއްކުމުގެ ހުނަރުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން ފާއިތުވިޔަ 10 އަހަރުވެސް ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާފައިވެއެވެ.
ކޮލެޖްތަކާއި ޔުނިވަރަސިޓީތަކުގެ ވާހަކަދެއްކުންތެރިކަމުގެ މުބާރާތްތަކަށް ދަރިވަރުން ތަމްރީނުކުރުމުގައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާއިރު، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީގެ ސްޓޭޑެންޓް ޔޫނިއަންއިން ދޭ ޝަރަފުވެރިކަމުގެ އެވޯޑްވެސް ޝިފާން ވަނީ ޙާސިލުކުރައްވާފައެވެ.
މިއަދަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް 14 އަހަރު ފުރުނު މުނާސަބަތެވެ.





ހިޔާލު
Marhabaa badhavee