މާލޭގައި ގެއެއްގެ ބެލްކަނި ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހަވީރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ބެލްކަނީގެ ބެރި ވެއްޓުނުއިރު އެދިމާލުގައި ބަހައްޓާފައިހުތި ސައިކަލެއްގެ މަތީގައި ތިބި ދެމީހުންނަށެވެ.
މި ހާދިސާގައި ސައިކަލު މަތީ ތިބި ދެމީހުންގެ އިތުރުން އިތުރު ދެމީހަކަށާއި އަދި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެފައިވާއިރު، އެސަރަހައްދުގައި ހުރިވެހިކަލްތަކަށްވެސްވަނީ ގެއްލުން ލިބިފައެވެ. އަދި އަނިޔާވި ފަރާތްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ވެއްޓިފައި ވަނީ ހެންވޭރު ރުށްދޮށުގެ ދެވަނަ ފަންގިފިލާގެ ބެލްކަންޏެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު އިރުއޮއްސި 6:20 ހާއިރުއެވެ. އަދި އެސަރަޙައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މަންޒަރު ދުށް ފަރާތްތަކާއި ޙަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން ހިނގާދިޔަ މިހާދިސާއަކީ ވަރަށް ނުރައްކާތެރި ހާދިސާއެކެވެ. އަދި އަނިޔާ ލިބުނު މީހުންގެ ފަޔާއި އުނަގަނޑު ބިދިފައި އޮތުންވެސް އެކަށީގެންވާކަމަށް އެފަރާތްތަކާއި ޙަވާލާދީ ބުނެފައިވެއެވެ.
އަނިޔާވި 4 ފަރާތްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ 19 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރާއި 23 އަހަރުގެ ފިރިހެނެއްކަމަށްވެއެވެ.



