ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި އޭޕްރަން ޓެސްޓު ކުރުމުގެ ގޮތުން ފުރަތަމަ ބޯޓު މިއަދު ޕާކު ކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި އާ އޭޕްރަންގައި ފުރަތަމަ ޕާކު ކުރީ ގައުމީ އެއާލައިންގެ މަތިންދާ ބޯޓެވެ.
އެއާޕޯޓުގެ އާ އޭޕްރަން ހެދުމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. މި އޭޕްރަންގެ ބޮޑު މިނުގައި 55،300 އަކަމީޓަރު ހުރެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ، ޗައިނާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ.
މީގެއިތުރަށް އެމްއޭސީއެލް އިން ދަނީ މިހާރު ބޭނުންކުރާ އޭޕްރަންގެ ޖާގަވެސް ބޮޑު ކުރަމުންނެވެ. އެ މަސައްކަތް ނިމުމުން އެއާޕޯޓުގެ އޭޕްރަންގެ ޖުމްލަ ސައިޒު 130،000 އަކަމީޓަރަށް އިތުރު ވެގެން ދާނެއެވެ.
ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ.
ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީ އެވެ. ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރެ އެވެ.




