500 ފަސިންޖަރުންނާއިއެކު ރަޝިއާގެ އަޒުރް އެއާރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

500 ފަސިންޖަރުންނާއިއެކު ރަޝިއާގެ އަޒުރް އެއާރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން މިއަދު އަޒުރް އެއާގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެއަށް ޖައްސާފައިވަނީ 500 ފަސިންޖަރުންނާއި އެކުއެވެ. މިއީ ބޯޑަރު ހުޅުވާލިފަހުން އެއް ފްލައިޓެއްގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އެއްފަހަރާ ދަތުރުކުރި ފުރަތަމަ ފްލައިޓެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފައެވެ.

އަޒުރް އެއާރ އަކީ ރަޝިއާގައި އޮޕްރޭޓް ކުރާ އެންމެ ބޮޑު ޗާޓަރ ފްލައިޓް ކުންފުންޏެވެ.

މިއަހަރުތެރޭ 500،000 ފަތުރުވެރިން ރާއްޖެ ގެނެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ