މުސްތަޤުބަލްގައި އެނބުރި ބާސާއަށް ދާން ބޭނުންވި ނަމަމަވެސް، ބާސާގެ ރައީސްކަން ބޭނުން ނުވާކަމަށް ކުރިން އެކްލަބަށް ކޯޗުކޮށްދިން ޕެޕް ގާޑިއޯލާބުނެފިއެވެ.
ގާޑިއޯލާ މިހެންބުނެފައިވަނީ ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
"އަހަރެން ބާސެލޯނާއަށް އެނބުރި އަދި ދާނަން. އެކަމު އެއީ ރައީސެއްގެ ގޮތަކުނޫން. އެކަމުގެ ހުނަރު އަހަރެންގެ ގަޔަކުނެތް" ގާޑިއޯލާ ބުންޏެވެ.
މަސައްކަތްކުރަމުން ދަނީ ރަނގަޅު ކޯޗަކަށްވެވޭތޯ ކަމަށާއި، އަދި އެކަން މިދިޔަ ދުވަސްތަކުގައި ޙާސިލްވެފައިވާކަމަށް ގާޑިއޯލާ ބުނެފައިވާއިރު ކޮންމެވެސް ދުވަހަކުން ބާސެލޯނާއަށް ދިރިއުޅުން ބަދަލުކުރާނެކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.
ގާޑިއޯލާވަނީ 2008 ން 2012 ށް ބާސެލޯނާގެ ސީނިއާ ޓީމަށް ކޯޗުކޮށްދީފައެވެ. ބާސާގައި މިހޭދަކުރި ދުވަސްވަރު 2 ޗެމްޕިއަންސް ލީގު، 3 ލަލީގާ ޗެމްޕިއަން، 2 ސްޕެނިޝް ކަޕް، 3 ސްޕެނިޝް ސުޕަރ ކަޕް، 2 ފީފާ ކްލަބް ވޯލްޑްކަޕް އަދި 2 ޔޫއެފާ ސުޕަރ ކަޕް ވަނީ ކާމިޔާޞުކޮށްފައެވެ.
މީގެ އިތުރުން ބާސާއާއެކު ދެފަހަރެއްގެ މަތިން އެންމެ މޮޅު ކޯޗުގެ އެޗޯޑްވެސް ގާޑިއޯލާވަނީ ޙާސިލްކޮށްފައެވެ.
ބާސާއަށް މިހާތަނަށް ކޯޗުކޮށްދިން އެންމެ ކާމިޔާބު ކޯޗަކީ ގާޑިއޯލާއެވެ.
އެންމެފަހުން މެންޗެސްޓާ ސިޓީއާއެކު 2018 ވަނަ އަހަރު އާކުރި އެއްބަސްވުމާއެކު ގާޑިއޯލާ އެކްލަބްގައި ކުރިއަށް އޮތް ދެސީޒަނުގައި މަޑުކުރާނެއެވެ.
ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު މެންޗެސްޓާ ސިޓީ މިދިޔަ ސީޒަން ނިންމާލީ ޑޮމެސްޓިކް 3 ތައްޓާއެކުގައެ




