މެސީއަކީ އަހަރެން ލޯބިވާ ކްލަބު ބާސެލޯނާގެ ކުޅުންތެރިޔެއް: ގާޑިއޯލާ

ލިއޮނަލް މެސީއަކީ އޭނާ އެންމެ ލޯބިވާ އެއްކްލަބުކަމަށްވާ ކްލަބު ބާސެލޯނާގެ ކުޅުންތެރިޔެއްކަމަށް ކުރިން ބާސެލޯނާއަށް ކޯޗުކޮށްދިން އަފި މިހާރުގެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ބާސެލޯނާއާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށް ބުނެ މެސީ ކްލަބު ދޫކޮށްލަން ބޭނުންވާކަން އިޢުލާންކުރި ހިސާބުން ފެށިގެން މީޑިއާތަކުގައި އެންމެ ގަދަޔަށް ފެތުރިގެން އައި ޚަބަރަކީ ގާޑިއޯލާގެ ސިޓީއިން މެސީ ގެންނަން މަސައްކަތްކުރަމުންދާ ވާހަކައެވެ. އަދި މެސީ ސިޓީއާއެކު 5 އަހަރުގެ އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެސް ރިޕޯރޓްކޮށްފައިވެއެވެ.

މެސީ ގެންނަން ސިޓީއިން ކުރި މަސައްކަތާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެމުން ގާޑިއޯލާ ބުނީ، މެސީވަނީ އެކަންތައް ރަނގަޅަށް ކިޔައިދީފައިވާކަމަށާއި، އެކަމާއި ގުޅިގެން އޭނާ އިތުރު އެއްޗެއް ބުނަން ނުޖެހޭކަމަށް ޤަބޫލުކުރާކަމަށެވެ. މީގެއިތުރުން މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގާޑިއޯލާ ބުނެފައިވާއިރު، އުމުރުން 33 އަހަރުގައިވެސް އޭނާއަށް ފުޓްބޯޅައިން ދުނިޔެ ޙައިރާންކޮށްލެވިދާނެކަމަށް ގާޑިއޯލާ ޤަބޫލުކުރެއެވެ.

"މެސީ އަކީ އަހަރެން ލޯބިވާ ކްލަބުކަމަށްވާ، ބާސެލޯނާގެ ކުޅުންތެރިޔެއް." ގާޑިއޯލާ ބުންޏެވެ.

އަންނަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާގެ ދަށުން ކްލަބު ދޫކޮށްލުމުގެ ބާރު މެސީއަށް ލިބިގެންދާއިރު، މެސީ އަދި ގާޑިއޯލާ އަލުން ގުޅުވުމަށް ސިޓީއިން މަސައްކަތް ކުރާނެތޯ ކުރި ސުވާލަށް ގާޑިއޯލާ ޖަވާބެއް ދީފައިނުވެއެވެ. ބަދަލުގައި ގާޑިއޯލާ ބުނީ، އެއީ އެސުވާލުކުރަންޖެހޭނީ މެސީއާއިކަމަށެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށް ގާޑިއޯލާ ސިޓީއާއި ޙަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހުއެވެ. ގާޑިއޯލާ ސިޓީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން 30 އަށް ހަމަވާނެއެވެ.

ނިއުވެލްސްގެ ޒުވާން ޓީމުގައި އުޅުމަށްފަހު ފްރީ ޓްރާންސްފާއެއްގައި މެސީ ބާސެލޯނާއަށް ބަދަލުވީ 2000 ވަނަ އަހަރުގެ ޖުލައި 1 ގަައެވެ. އެއިރު އޭނާގެ އުމުރަކީ 13 އަހަރެވެ. އޭގެފަހުން ވޭތުވެދިޔަ 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ އެކްލަބާއެކު އެތަކެއް ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އަދި މިދުވަސްވަރުގައި އަމިއްލަ އެތަކެއް އެވޯޑުތަކެއް ހޯދައި ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ލިސްޓަށްވަނީ އަރާފައެވެ.

މެސީ ބާސެލޯނާގައި މަޑުކުރަން ނިންމައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ