ކޮވިޑް-19ގެ ޝިކާރައަކަށްވެ، ގާޑިއޯލާ މަންމަ މަރުވެއްޖެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ޝިކާރައަކަށްވެ، މެންޗެސްޓާރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މަންމަ މަރުވެއްޖެއެވެ.

ގާޑިއޯލާގެ މަންމަ ޑޯލާސް ސާލަ ކެރިއޯ މަރުވިއިރު އުމުރަކީ 82 އަހަރެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީވުމަށް މިދިޔަމަހު ގާޑިއޯލާ 1 މިލިއަން ޔޫރޯ ސްޕެއިނަށް ހަދިޔާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އަށް މުޅި ދުނިޔެއިން 1346000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 74000 އަށްވުރެ ގިނަ މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ.

ކޮވިޑު-19ގެ ނުރައްކާ މި ވަގުތު ޔޫރަޕަށް ބޮޑުވެފައިވާއިރު، އެންމެ ގަދަޔަށް މިވައިރަސް ފެތުރޭ ގައުމުތަކުގެ ތެރޭގައި ސްޕެއިން، އިޓަލީ އަދި ޖަރުމަނީގެ އިތުރުން ފްރާންސްވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ