ވައްކަމުގެ ތުހުމަތުކޮށް ގަމުހިންގުވަނީ - ފޮޓޯ: މީސްމީޑިއާ

ހަނިމާދޫގައި ވައްކަން ކުރިކަމަށްބުނެ ޒުވާނަކު ގަންހިންގުވައިފި

ހދ.ހަނިމާދޫގައި ވައްކަންކުރިކަމަށް ބުނެ ޒުވާނަކު އަތުލައިގަނެ ގަންހިންގުވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިނގި މި ހަދިސާގައި ގަންހިންގުވާފައިވަނީ އެރަށުން ސައިކަލެއްގެ މަޑިދަށް ފަޅާލިކަމަށް ބުނާ ޒުވާނެކެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ ޒުވާނާ ހޯދުމަށްފަހު ކަޅުތެޔޮ ޖަހައިގެން ރަށު ތެރޭގައި ހިންގުވުމަށްފަހު އެ ޒުވާނާ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ހަނިމާދޫގައި ގަންހިންގުވަނީ، އޭނާއަށް ތުހުމަތު ކުރަނީ ވައްކަމުގެ ކުށަށް - ފޮޓޯ: މީސްމީޑިއާ

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހަނިމާދޫގައި ފެށި މި ހަރަކާތަކީ ވައްކަން ކުރުން އިންތިހާއަށް ދިއުމުން ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން ފެށި ސިލްސިލާ ހަރަކާތެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވައްކަންކުރާ ފަރާތްތައް ހޯދާ ގަންހިންގުވުމަށްފަހު ފުލުހުންނާ ހަވާލުކުރަން އެރަށު ޒުވާނުން ތިބީ ތައްޔާރަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، ގަންހިންގުވި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ގަންހިންގުވަން ހަނިމާދޫ ޒުވާނުން ނިކުތްއިރު، އަމިއްލައަށް މައްސަލަތަކުގައި ގަންހިންގުވައި، މަގުމަތިން މައްސަލަތައް ނުނިންމުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ