ކާށިދޫ ގެއަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތި - ފޮޓޯ: ޕޮލިސް

ކާށިދޫ ގެއަކުން ވަގަށްނަގާފައިވާ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ކ.ކާށިދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާކަމަށްބުނެ ޖޫން 23 ވަނަ ދުވަހުގެ ހެނދުނު 10:50 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"މިމީހާ ފުލުހުންގެ ބެލުމުގެދަށަށްގެނެސް މިމީހާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް 04 މޯބައިލް ފޯނާއި، ގަޑިއަކާއި 2500 ދިވެހި ރުފިޔާ ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ވައްކަމުގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މިމީހާގެ ބަންދާއިމމެދު ގޮތެއް ނިންމުމަށް ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 07 ދުވަހުގެ މުއްދަތު ދީފައިވާކަމަށާއި، އެ މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ