މާކަނޑުގައި މަސްވެރިކަމަށް ނިކުމެ އޮތް ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން، ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ބުޅި ހެރިފައވަނީ އދ.މަންދޫގެ ހުޅަނގުން 111 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ދިރާސާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލަށް ކަމަށެވެ.
ފ.ފީއަލިއަށް ނިސްބަތްވާ "ދިރާސާ" ދޯނީގައި ހުރި މި މީހާއަށް ޞިއްޙީ އަވަސް ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމަށްޓަކައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާގައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެ ސަރވިސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 09:47 ހާއިރު ކަމަށެވެ.