މާލޭ އަބަދަށްފެހި މަގުގައު ހުންނަ ލިންކްސަރވްގެ ފިހާރަ، ރެޑްބޮކްސްގެ އޮފީސް ފަޅާލައިގެން 2 ތިޖޫރީ ވަގަށް ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 08:21 ހާއިރު އަބަދަށްފެހި މަގުގައު ހުންނަ ލިންކްސަރވްގެ ފިހާރަ، ރެޑްބޮކްސްގެ އޮފީސް ފަޅާލައިގެން 2 ތިޖޫރީ ވަގަށް ގެންގޮސްފައިވާކަމަށްބުނެ ފުލުހަށް މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.
ވަގަށް ނެގި އެއް ތިޖޫރީގައި 4000ރ ހުންނާނެ ކަމަށާއި، އަނެއް ތިޖޫރީގައި ފައިސާ ނުހުންނާނެ ކަމަށް އެ ފިހާރައިން މަޢުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
މާލޭގައި ދެ ތިޖޫރީ ވަގަށް ނެގިއިރު، ހދ.ހަނިމާދޫގައި ވައްކަންކުރި ޒުވާނަކު ރޭ ވަނީ ގަންހިންގުވުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައެވެ.



