ކުޅުދުއްފުށިން ވަގަށް ނެގި ތަކެތި - ފޮޓޯ: ޕޮލިސް

ކުޅުދުއްފުށިން ރޯނުބޮނޑިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ރޯނުބޮނޑިތަކަކާއި އެހެނިހެން ތަކެތި ހޯދައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

ދާދި ދެންމެ ފުލުހުން ވިދާޅުވީ، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް މިމަހު ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއްގައި ހިމެނޭ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވައްކަމުގެ މިތިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިމީހާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށީ ގެއަކުން ކަރަންޓް ރޮންދާއަކާއި ގްރޭންޑަރަކާއި ބުރުމާއެއް ވަގަށް ނަގާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާއި 24 ވަނަ ދުވަހުގެ ވަގުތެއްގައި ކުޅުދުއްފުށީ ގެއަކުން 20 ބޮނޑި ރޯނާއި ބޮނބިނަރު ބަސްތާއަކާއި މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާއި ޖޫން 24 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކުޅުދުއްފުށީ ގެއަކުން ކަރަންޓް ބުރުމާއެއް ވަގަށް ނަގާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

"މި ތިން މިމައްސަލަތަކުގައި ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން މޯބައިލް ފޯނު ފެނިފައިވަނީ މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، އެގޭ ތެރެއިން. އަދި ޖޫން 23 ވަނަ ދުވަހު ހުށަހެޅުނު މައްސަލައިގައި ވަގަށް ނަގާފައިވާތަކެތި ފެނިފައިވަނީ ނު އަގުގައި މީހަކަށް ވިއްކާލާފައިވަނިކޮށް. އަދި 24 ވަނަ ދުވަހު ހުށަހެޅުނު މައްސަލައިގައި ހިމެނޭ ރޯނު ބޮނޑިތައް ފެނިފައިވަނީ ފަޅު ގެއެއްގެ ތެރެއިން." ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހދ.ކުޅުުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި، މި މައްސަލަތައް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ