އިދިކޮޅު ފަރާތްތައް ކަމަށްވާ ޕީޕީއެމް އަދި ޕީއެންސީން ކާނިވަލުގައި ބޮޑު ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ޕީޕީއެމުން ބުނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެދެޕާޓީގެ ވަރަށް ހާއްސަ ބައްދަލުވުމެއް ކާނިވަލް ސަރަހައްދުގައި އޮންނާނެ ކަމަށެވެ. އަދި ކާނިވަލް ސަރަހައްދުގައި ބައްދަލުވުން ބޭއްވުމުގެ ހުއްދައަށް އެދި ޕްލޭނިން މިނިސްޓްރީއަށް މިއަދުވާނީ ސިޓީ ފޮނުވައިފައި ކަމަށެވެ.
ޕީޕީއެމުން ޕްލޭނިން މިނިސްޓްރީއަށް ކާނިވާ ސަރަހައްދު ހޯދުމަށް އެދި ފޮނުވި ސިޓީގައި ބުނެފައިވަނީ، ކާނިވާ ސަރަހައްދު 04 ޖުލައި 2019 ގެ ބުރާސްފަތި ދުވަހުގެ 18:00 އިން 00:00 އަށް ޕީޕީއެމަށް ލިބޭނޭގޮތް ހައްދަވައިދެއްވުން އެދޭ ކަމަށެވެ.
މި ހާއްސަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި ހަތަރުވަނަ ދުވަހުގެރޭ 21:00 ގައެވެ.
މި ބައްދަލުވުން ވެގެންދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރުން ވެރިކަމަށް އައިފަހުން އިދުކޮޅު ފަރާތްތަކުން އާމުންނަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ބައްދަލުވުމަށެވެ.




