ރ.މަޑުއްވަރީގައި ފުލުހުންނާއި އާންމު ރައްޔިތުންތަކަކާއި ދެމެދު މާރާމާރީ ހިންގައި، އޭގެތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.
ރ. މަޑުއްވަރީ ފޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނާއި އެރަށު އާންމުންގެ ތެރެއިން ބަޔަކާއި ދެމެދު ހިނގި މި ހަމަނުޖެހުންތަކުގެ ތެރޭގައި އާންމުންގެ ތެރެއިން މީހަކު ވަނީ ފުލުހެއްގެ ގަޔަށް އަތްލައި ކަރުގައި ހިފައިފައެވެ. މި މާރާމާރީއާއި ގުޅިގެން ފުލުހުންވަނީ އެރަށުގެ 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައި ވަނީ އެރަށުގައި ދުއްވާ ރަށު ޕިކަޕެއް ގެއްލުނު މައްސަލާގައެވެ. އެ ރަށު ޕިކަޕް ވަނީ ޓޯކޮށް މަޑުއްވަރީ ޕޮލިސްސްޓޭޝަނަށް ގެންގޮސްފައެވެ.
މި ކަމާގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ އެ މާރާމާރީ ހިންގާފައި ވަނީ ރަށު ޕިކަޕެއް ގަވާއިދާ ޚިލާފަށް ބޯޑު ހަރުނުކޮށް ލައިސެންސް ނެތް މީހުން ދުއްވަމުންދާތީ އެ ޕިކަޕް ޓޯކޮށް މަޑުއްވަރީ ޕޮލިސްސްޓޭޝަނަށް ގެނައުމަށްފަހު އެ ޕިކަޕް ބަލައި އައުމަށް ވެރިފަރާތަށް އެންގުމުން ރަޖިސްޓްރީ ބޯޑު ހިފައިގެން ރަށުޕިކަޕްގެ ވެރިފަރާތް، ބަޔަކާއެކު ޕޮލިސްސްޓޭޝަނަށް ގޮސް ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
2 Responses
Dhen hifaalabala rangalhah
Varan naainsaafu amalen thikury konme gothen viyas