ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި ދެވަނަ މީހަކު ހައްޔަރުކޮށްފި

ރ.މަޑުއްވަރީގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި ދެވަނަ މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންބުނީ، ރ. މަޑުއްވަރީގައި ފުލުހުންނާއި މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތު ކުރެވުނު ދެމީހުންގެ ތެރެއިން ދެވަނަ މީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ 19:57 ހާއިރުވަނީ ގެނެވިފައި ކަމަށެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ދެމީހުންގެ އުމުރަކީވެސް 22 އަހަރެވެ.

މައުލޫމާތު ލިބޭގޮތުގައި ފުލުހުންނާއި މަޑުއްވަރީ ބައެއް ޒުވާނުންނާއިމެދު ހަމަނުޖެހުމެއް ހިނގައިފައިވަނީ އެރަށުގައި ދުއްވާ ރަށު ޕިކަޕެއް ގެއްލުނު މައްސަލާގައެވެ. އެ ރަށު ޕިކަޕް ވަނީ ޓޯކޮށް މަޑުއްވަރީ ޕޮލިސްސްޓޭޝަނަށް ގެންގޮސްފައެވެ.

މަޑުއްވަރީ މީހަކާއި ހަވާލާދީ ސަން އޮންލައިންގައި ބުނެފައިވަނީ، މި ހަމަނުޖެހުން ހިނގީ ޒުވާނަކު ގެއްލިގެން އުޅުނު ތިން ފުރޮޅުލީ ބެޓަރީ ބަގީއެއް ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރޭގައި ހުއްޓާ ފެނިގެން އޭތި ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އޭނާ ބުނީ، ބަގީގެ ވެރިފަރާތުން ރެއާއި މިއަދު އެ ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި އޭތި ފުލުހުންނަށް ފެނިފައިވޭތޯ ފުލުހުންނަށް ގުޅުމުން ފުލުހުން ފޯނު ނަގާފައި ނުވާ ކަމަށް ބަގީގެ ވެރިފަރާތާ ހަވާލާދީ އެ މީހާ ކިޔައިދިން ކަމަށް ސަން އޮންލައިންގައި ބުނެފައި ވެއެވެ.

އިއްޔެ މާލޭގައިވެސް ވަނީ އާންމު ރައްޔިތަކު ފުލުހަކަށް ހަމަލާ ދީފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ