މިހިނގާ ޖޫން މަހުގެ 22 ވަނަ ދުވަހާއި 28 ވަނަ ދުވަހާ ދެމެދުގައި 1350 އުޅަނދުގައި ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ސްޓިކަރ ޖަހައި، 44 އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ.
ފުލުހުން މިއަދު އާއްމުކުރި ވޭތުވެދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުލުހުން ޓޯކޮށްފައިވަނީ ހަތަރު ފުރޮޅުލީ 5 ވެހިކަލުގެ އިތުރުން 30 ސައިކަލެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މާލޭ ސިޓީގައި އެކަނިވެސް 34 އެކްސީޑެންޓް ހިނގާފައިވެއެވެ. އަދި 20 ފަރާތަކަށް އެކްސިޑެންޓްތަކުގައި އަނިޔާވެފައިވެއެވެ.
TRAFFIC MANAGEMENT DEPARTMENT - Weekly Statistics (22nd June to 28st June 2019).@TransportMV @MaleCitymv pic.twitter.com/zSREZ1Q6b1
— Maldives Police (@PoliceMv) June 30, 2019
ފުލުހުންގެ ތަފާސްހިސާބަށް އިތުރަށް ބަލާލާއިރު، މިދިޔަ ހަފްތާގައި އެކަނިވެސް 591 ވެހިކަލެއް ބަލާ ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން 117 އުލަނދު ދުއްވާފައިވަނީ ލައިސަސް ނެތް ފަރާތްތަކެވެ.
85 ފަރާތަކުން ލައިސަންސް ކާޑު ނުލައި ދުއްވާފައިވާއިރު، ޗެކްކުރި އުޅަނދުތަކުގެ ތެރެއިން 51 އުޅަނދަކީ އަހަރީ ފީ މުއްދަތު ހަމެވެފައިވާ އުޅަނދުތަކެވެ.




