ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ / ކަދުރުމާގެ، މުޙައްމަދު ނާޘިމް (38އ) ކަމަށެވެ.
ވީމާ މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން ފުލުހުން އެދިލައްވައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.




