"ލީނާ" ގެ ޓްރެއިލާރ - ޝައުގުވެރި އެތައް މަންޒަރުތަކެއް!

ގިނަ ދުވަސްތަކުގެ އިންތިޒާރަކަށްފަހު މިމަހު 23 ގައި ނެރެން ހަމަޖައްސާފައިވާ ދިވެހި ފިލްމް “ލީނާ” ގެ ތިއަރެޓިކަލް ޓްރެއިލާރ ބެލުންތެރިންނަށް ދައްކާލައިފިއެވެ. މިއީ ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ފުރަތަމަ ފަހަރަށް ޑައިރެކްޓް ކުރާ ފީޗާ ފިލްމެވެ.

މި ޓްރެއިލާރ އިން ޝައުގުވެރި އެތައް މަންޒަރުތަކެއް ފެނިގެން ދިޔައިރު ލީނާ އަކީ މީހުންނާއި ގުޅޭ އުފާވެރި ދިރިއުޅުމެއް އުޅެމުންއައި ކުއްޖެއްކަން އެނގިގެންދެއެވެ. ލީނާގެ ދިރިއުޅުމުގައި ދިމާވި ކަންތައްތަކާއި އުފާވެރި ދިރިއުޅުމާއި ވަކިވާންޖެހުނު އަސަރުގަދަ ހާދިސާ އެނގިގެންދާނީ ފިލްމު ބަލާލުމުންނެވެ.

Here is the theatrical trailer of Leena, in cinemas on 23rd July 2019. #Leena #Aninnocentgirl

Posted by Leena on Sunday, June 30, 2019

“ލީނާ” އަކީ މީގެ އަހަރުތަކެއް ކުރިން ވިޔަފަރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެ ޖަމިއްޔާގެ ސެކެރެޓަރީ އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާއިން އިންސްޕަޔާރ ވެގެން މުއާ ތައްޔާރުކުރި ފިލްމެކެވެ. މި ފިލްމުގައި ލީނާގެ ރޯލް އަދާ ކުރާނީ ފަހުގެ ދިވެހި ގިނަ ފިލްމުތަކުގައި ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ފިލްމީ ތަރި މަރިޔަމް އައްޒައެވެ. އަދި އަޒްލީނާގެ ގާތިލްގެ ރޯލު އަދާ ކުރާނީ ފިލްމުގެ ޑައިރެކްޓަރ އަބްދުﷲ މުއާޒް (މުއާ) އެވެ.

މީގެ އިތުރުން މި ފިލްމުން ފެނިގެންދާނެ ތަރިންނަކީ އަލީ އާޒިމް (ދޮންއައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، ޒީނަތު އައްބާސް، އަހުމަދު އީސާ (އާނަންދު)، މަރިޔަމް ހަލީމް، އަހުމަދު ނިމާލް އަދި އަހުމަދު ސައީދު ފަދަ ކުޅަދާނަ ތަރިންނެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ އއ.އުކުޅަހުގައެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ ރީތި އަދި އަސަރުގަދަ ފިލްމަކަށް ވާނެކަމަށް ޓްރެއިލާ ބަލާލުމުން ގަބޫލުކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ