ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެ، ސަރަހައްދަކުން ކަރަންޓު ކެންޑިއްޖެ

މާފަންނު ފީރޯޒް މަގުގައި ހުރި ޑިސްޓްރިބިއުޝަން ފޮށްޓެއްގައި އަލިފާން ރޯވެ މާލޭގެ ސަރަހައްދަކުން ކަރަންޓު ކެންޑިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 10:24 ހާއިރު މާފަންނު ފީރޯޒް މަގުގައި ހުރި ޑިސްޓްރިބިއުޝަން ފޮށްޓެއްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ހިސާބުގަނޑުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

"އަލިފާން ރޯވެފައިވަނީ ކަރަންޓު ޝޯޓް ސަރކަޓް ވެގެން." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެސަރަހައްދަށް ފުލުހުން ދިޔައިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ