ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް، ހޯދުމަށް ފުލުހުން މަސައްކަތް ފަށައިފިއެވެ.
މި ފައިސާތަކަކީ 2019 ޖޫން 26 ވަނަ ދުވަހުގެ ވަގުތެއްގައި އަމީނީމަގު މީރާ ކައިރިން، މީހަކަށް ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެކެވެ.
މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.




