ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ވިސާމް

ބަރަހަނާ ހާލުގައި މަގުމަތިން ދިޔައީ ސިކުނޑި ހަމަނުޖެހޭ މީހެއް - ޕޮލިސް

މާލޭ މަގުމަތީގައި ބަރަހަނާ ހާލުގައި ނިކުމެގެން އުޅެފައިވަނީ ސިކުނޑި ހަމަނުޖެހޭ މީހެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ބަރަހަނާ ހާލުގައި އަމީނީމަގުން ހިނގާފައިދިޔަ 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު އިރުއޮއްސި 06:46 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި އެއީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"މިމީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް. އަދި އޭނަ ގޭގައި ހުރެފައި ދުވެފައި މަގުމައްޗަށް ނިކުތްކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ފުލުހުންގެ ބެލުމުގެ ދަށުން އަތޮޅުވެއްސަށް ގެނައުމަށްފަހު، މުންޑެއް ލައްވައިގެން ގެންގޮސް އެ މީހާގެ އާއިލާއާ ހަވާލުކުރެވިފައިވާ ކަމަށެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެމީހާ ބަރަހަނާ ހާލުގައި ހިނގާފައި ދަނިކޮށް ފުލުހުން އެމީހާ ހިފަހައްޓާފައިވަނީ ދަރުބާރުގޭ ކައިރިން އަމީނީ މަހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ