މަޓިއޯ ކޮވަސިޗް - ފޮޓޯ: ޓޯކްސްޕޯޓް

ޗެލްސީއިން ކޮވަސިޗް ދާޢިމީ ކޮށްފި

ލޯނެއްގެ ދަށުން ޗެލްސީއަށް ކުޅެމުން އަންނަ ކޮރޭޝިއާގެ މަޓިއޯ ކޮވަސިޗްގެ އެއްބަސްވުން އެޓީމުން ދާޢިމީކޮށްފިއެވެ.

40 މިލިއަން ޕައުންޑަށް ރެއަލްމެޑްރިޑުން ގަތް މިކުޅުންތެރިޔާވަނީ މިދިޔަ ސީޒަންގައި ޗެލްސީއަށް ޔޫރޮޕާ ލީގު ހޯދައިދިނުމުގައިވަނީ ބޮޑު ރޯލެއް އަދާކޮށްފައިވެއެވެ.

ކޮވަސިޗް ޗެލްސީއާއެކު ހަދާފައިވަނީ 5 އަހަރު އެއްބަސްވުމެކެވެ.

ޤަވާޢިދާ ޚިލާފަށް އުމުރުން 18 އަހަރު ނުފުރޭ 29 ކްލަބަށް ގެނައި މައްސަލާގައި އަދަބެއްގެ ގޮތުން ފީފާއިންވަނީ ކުރިއަށް ދެ ސީޒަންގައިވެސް ޗެލްސީއަށް ކުޅުންތެރިން ނުގެނެވޭގޮތްހަދާފައެވެ. ކޮވަސިޗަކީ ލޯނެއްގެ ދަށުން މިހާރުވެސް ޗެލްސީއަށް ކުޅެމުން އަންނަ ކުޅުންތެރިއެއްކަމުން ކޮވަސިޗްއަކީ ޗެލްސީގައި ރަޖިސްޓްރީވެފައިވާ ކުޅުންތެރިއެކެވެ.

"ލޯނެއްގެ ދަށުން ޗެލްސީގައި މިހޭދަކުރި ސީޒަންއަކީ ހިތްހަމަޖެހޭ ދުވަސްތަކެއް. ޗެލްސީއާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަޖެހޭ. އަދި ލަންޑަންވެސް ޕްރިމިއާ ލީގުވެސް އަހަންނަށް ވަރަށް ކަމުދޭ" ކޮވަސިޗް ބުންޏެވެ.

މިދިޔަ ޕްރިމިއާ ލީގުގައި ކޮވަސިޗްވަނީ ޗެލްސީއަށް 32 މެޗު ކުޅެދީފައެވެ.

2015 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ކޮވަސިޒް އިންޓަމިލާން ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނީ 30 މިލިއަން ޔޫރޯއަށެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 21 އަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ