އައިމިނަތު ނާދިރާ - ފޮޓޯ: ސަން

ޔާމީނަށް ކުރެވޭނީ މުޒާހަރާއެއް ނޫން، ޖަލުގައި ކުޅެވޭނީ ތާސް - ނާދިރާ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި މުޒާހަރާ ކުރަން ނިންމާފައިވާކަމަށް އިދިކޮޅުން ބުނި ބުނުމަށް، އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވާ، ގަލޮޅު ދެކުނު ދާއިރާއަށް މަޢުމޫންގެ ތާއީދާއެކު ވާދަކުރެއްވި އައިމިނަތު ނާދިރާ ފާޑުވިދާޅުވެއްޖެއެވެ.

ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޔާމީނަށް މުޒާހަރާ ނުކުރެވޭނެ ކަމަށާއި، އަމިއްލަފުޅައް ހަދައިގެން ވަދެ އިންނެވި ޖަލުގެ ތެރޭގައި ކުޅެވޭނީ ތާސް ކަމަށެވެ.

"ޔާމީން މުޒާހަރާއެއް ނޫން. ކުޅެވޭނީ ތާސް އަމިއްލައަށް ހަދައުގެން ވަދެ އިން ޖަލުގެ ހަތަރު ފާރުން އެތެރޭގައި." ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ބާއްވަން ނިންމާފައިވާ ކަމަށް ޕީޕީއެމް- ޕީއެންސީ ކޯލިޝަނުން ބުނި ބުނުމަށް ރައްދުދެއްވައި ނާދިރާ ވިދާޅުވިއެވެ.

ނާދިރާ މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެ އިހުތިޖާޖު ކުރިއަށްގެންދާނީ އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ކާނިވާ ސަަރަހައްދުގައި ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ތެރެއިން މިކަމުގައި އިހުތިޖާޖުކޮށް ފްލެޓް ފޭރިގަތުމާ ދެކޮޅަށް، ބާޣީ ލުތުފީ ގެނައުމާ އެއްކޮޅަށް ވާހަކަ ދައްކަވާ، މިހުރިހަ ކަމަކަށް ތާއިދުކުރައްވާ، ރައްޔިތުން ހަމަ އެއްވާންވީ އިނގޭތޯ. މި ދެމީހުން ނުވަތަ ފަސްމީހުން އެތަނަށް އަޔަސް އަޅުގަނޑުމެން އަޑުއުފުލާނަން. އެގޮތަށް މިކަން ދާނީ،" ޝުޖާއު އިއްޔެ ވިދާޅުވިއެެވެ.

ޕީޕީއެމް -ޕީއެންސީ ކޯލިޝަނުން ވަނީ ސިޔާސީ ހަރަކާތަކަށް ކާނިވާ ސަރަހައްދު ހޯދުމަށް އެދިފައެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ