ކުޅުދުއްފުށީ ބްޓްލިންގ ޕްލާންޓް - ފޮޓޯ: ކޭއޯ

ކުޅުދުއްފުށި ބޮޓަލިން ޕްލާންޓުން ބާޒާރަށް ފެން ނެރެން ފަށައިފި

ހދ.ކުޅުދއްފުށީގައި ތަރައްޤީކޮށް ހުޅުވާފައިވާ ބޮޓަލިން ޕްލާންޓު ފެން އުފައްދާ ބާޒާރަށް ނެރެން ފަށައިފިއެވެ.

ފުޅީގައި ފެންބަންދުކުރުމަށް ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ބޮޓަލިން ޕްލާންޓު ރަސްމީކޮށް ހުޅުވިތާ ގިނަ ދުވަސްތަކެއްފަހުން އިއްޔެ ފެން ވިއްކަން ފެށިއިރު، އެތަނުން 330މލ، 500މލ އަދި 1.5ލ ފެންފުޅި ވިއްކަމުން ފަށާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި 5 ލީޓަރުގެ ފެންވެސް އެ ޕްލާންޓުން ބާޒާރަށް ނެރޭނެކަމަށް މަޢުލޫމަތު ލިބިފައިވެއެވެ.

މި 3 ސައިޒުގެ ފެން ކޭހެއް ގޭބީސީތަކާއި އޮފީސްތަކަށް ވިއްކަމުން ދަނީ 58 ރުފިޔާއަށެވެ. ފިހާރަ، ރެސްޓޯރެންޓް އަދި ގެސްޓް ހައުސްތަކަށް ކޭސް ވިއްކަނީ 55 ރުފިޔާއަށެވެ. މީގެ އިތުރުން 100 ކޭހާއި 499 ދެމެދުގެ އަގަކަށް ފެން ގަންނަ ނަމަ 53 ރުފިޔާއަށް ކޭހެއް ވިއްކާއިރު 500 އަށް ވުރެ ގިނައިން ގަންނަނަމަ ވިއްކަނީ 51 ރުފިޔާއަށެވެ.

5 ކޭހަށް ވުރެ އިތުރަށް ފެން ބައްލަވައިގަންނަ ނަމަ ފެން ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށާއި އޯޑަރުދިނުމަށް 3349922 ނުވަތަ 7933388 ނަންބަރާ ގުޅުއްވައިގެން ނުވަތަ ފެން ޕްލާންޓުގެ ފްރޮންޓް އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ވަޑައިގެންވެސް އޯޑަރު ދެއްވޭނެކަމަށް އެތަނުން ވަނީ ހަމަކޮށްފައެވެ.

ފެން ޕްލާންޓު ހުޅުވިފައި ހުންނާނީ ހެނދުނު 8:30 މެންދުރުފަހު 01:00 އަދި މެންދުރުފަހު 02:00 ން ހަވީރު 16:00 ށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ