ގެދޮރު ލޯނުގެ އިންޓްރެސްޓް ބޮޑުތަކުން ކުޑަކުރަން ސަރުކާރުން މަސައްކަތްކުރަނީ

ދިވެހިރާއްޖޭގައި ގެދޮރު އިމާރާތްކުރަން ދޫކުރާ ލޯނުގެ އިންޓްރެސްޓް ބޮޑުތަނުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރައްވާ ހައުސިންގ މިނިސްޓްރީން އިއްޔެ ވިދާޅުވީ، ގެދޮރު ލޯނުގެ އިންޓްރެސްޓް 5 އިންސައްތަ އާއި 6 އިންސައްތައާ ދެމެދަށްތިރިކުރުމާބެހޭގޮތުން ހައުސިންގ މިނިސްޓްރީން އެމްއެމްއޭ އާއި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް 5 އިންސައްތައާއި 6 އިންސައްތައާ ދެމެދުގެ އިންޓްރެސްޓް ލޯން ދޫކުރުމާ ގުޅޭގޮތުން މިނިސްޓަރ އައިމިނަތު އާތިފާ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު ނަސީރު އާއި މިއަދު މަޝްވަރާކުރައްވައިފި." ހައުސިންގ މިނިސްޓްރީގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ގެދޮރު އިމާރާތްކުރުމުގެ ލޯނުގެ އިންޓްރެސްޓް ކުޑަކުރަން ހައުސިންގ މިނިސްޓްރީން އެމްއެމްއޭ އާއެކު މަޝްވަރަކުރެއްވިކަން ހާމަކުރުމުގެ އިތުރަށް މިކަމާ ގުޅެގޮތުން އެ މިނިސްޓްރީން އަދި އިތުރު ތަފްސީލް ހާމައެއް ނުކުރައްވައެވެ.

5 އިންސައްތަ އާއި 6 އިންސައްތައާއި ދެމެދުގެ އިންޓްރެސްޓަކަށް ހައުސިންގ ލޯނު ތިރިކުރަން މަސައްކަތް ކުރާއިރު މިހާރު ރާއްޖޭގައި ހައުސިންގ ލޯނުގެ އިންޓްރެސްޓް އުޅެނީ 10 އިންސައްތައިން މަތީގައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިޜާއްޖެއަށް ދިމާވެފައިވާ ޤައުމީ މައްސަލައެކެވެ. މާލެ ސަރަހައްދުން ފްލެޓް ލިބުމުގައި ދަތިތަކެއް ހުރިއިރު، އަތޮޅުތެރޭފައި ގެ އެޅުމަށް ބޭނުންވާ ލޯނުގެ އިންޓްރެސްޓް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ