ގިނަ ބަޔަކު ބަލާލަން އިންތިޒާރުކުރަމުން އައި ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ބޮޑު ފިލްމު "މާމުއި" ރޭ ޕްރިމިއާކޮށްފިއެވެ.
އޮލިމްޕަހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފިލްމުގެ ތަރިންގެ އިތުރުން ބައެއް ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.
ފިލްމް ބެލުމައްފަހު ފިލްމާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމައް ގިނަބަޔަކު ބުނަމުންދެއެެވެ. ހެއްވާ މަޖާ ކަންތައްތައް ހިމެނިގެން ތައްޔާރުކޮއްފައިވާ ފިލްމް ނިމިގެން ދަންދެންވެސް މުޅި އޮލިންޕަސް އޮތީ އެއްއަޑަކުން ގުގުމާލާފައެވެ. މިއީ ރާއްޖޭގައި ބެލުނު އެންމެ މަޖާ އެއް ކޮމެޑީ ފިލްމް ކަމަށާއި މިފިލްމަކީ ބަލާނުލާ ދޫކޮއްލާވަރު ފިލްމެއް ނޫންކަމައް ވެސް ގިނަ ބަޔަކުޔ ދަނީ ބުނަމުންނެވެ.
ހައުސް ފުލް ޝޯ އެއް ރޭ މާލޭގައި ބާއަވައިފައިވާއިރު މި ފިލްމު ވަނީ މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް އެޅުވުމަށް ހަމަޖެހިފަ އެވެ.
ފިލްމް "މާމުއި" ގެ ހަޤީޤީ ފޮނި މީރުކަން ފިލްމް ބަލާލި މީހުން ފާޅުކުރަމުންދާ ޝުއޫރު ތަކުން ހާމަވެގެންދެއެވެ.



