ހުޅުމީދޫ ބަނދަރަށް 90 މިލިއަން އަރާ، ޤާނޫނުގެ ތެރެއިން އެމަސައްކަތް ކުރިއަށްގެންދަން - އަސްލަމް

ހުޅުމީދޫ މެދު ބަނދަރު ތަރައްޤީ ކުރުމަށް 90 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ޕްލޭނިން މިނިސްޓާރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ހުޅުމީދޫ ބަނދަރުގެ ޝަކުވާ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނައުމާއި ގުޅިގެން އެ ބަނދަރު ބޭނުން ކުރެވޭ ގޮތް ހެދުމަށް އެމްޓީސީސީ އާއި އެކު ދިރާސާކޮށް މިހާރު އެކަމަށް ހިނގާނެ ހަރަދު ސާފުވެފައިވާ ކަމަށެވެ.

އެމްޓީސީސީއައެކު ބެލި ބެލުމުން ބަނދަރު ފުން ކޮށް ބޭނުން ކުރެވޭ ގޮތް ހެދުމަށް 90 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވިފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"90 މިލިއަން ރުފިޔާ މިއަހަރުގެ ވަޖެޓެއްގައެއް ނުއެއް ނެތް، އެހެންވީމާ މާލިއްޔަތު ޤާނޫނުގައި އޮންނަ އުޞޫލުގެ މަތިން އަޅުގަނޑު ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް ހުރޭ. އެ ކަންތައްތައް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ގެންދަން ފިޝަރީޒް މިނިސްޓްރީއާވެސް އެކީގައި ރައީސް އޮފީހުން މިކަން ކުރިއަށް ގެންދަން އަޅުގަނޑުމެންނަށް ކޮޕީ ކޮށްފައި އެދިވަޑައިގެންފައި އޮތީ ފިޝަރީޒް މިނިސްޓްރީގައި." އަސްލަމް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ހަދަން ފެށި ހުޅުމީދޫ ބަނދަރު ނިންމާލާފައިވަނީ ރައިސް ވަހީދުގެ ވެރިކަމުގައެެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ