ބިންހިއްކުމުގެ ބަދަލުގައި، ލޮނުގަނޑުމަތީގައި ގެދޮރު އަޅައި ދިރިއުޅުމުގެ ކޮންސެޕްޓެއް ތައްޔާރުކޮށްފައިވާކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެއެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ގުޅޭ ގޮތުން މިނިސްޓަރު އަސްލަމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ފަޅުމަތީގައި ގޯތި އަޅައިގެން އުޅެވިދާނެކަމަށް މިނިސްޓަރ ކުރިން ވިދާޅުވުމުން، އެކަމާއި ގުޅޭގޮތުން ފާޑުކިޔުން އަމާޒުވިކަމުގައިވިޔަސް، ކޮންމެ އާ ވިސްނުމަކީ އެކަމަށް ފާޑުކިޔާނެ ކަމެއްކަން ޤަބޫލުކުރާކަމަށެވެ. އަދި އަމާޒުވި ފާޑުކިޔުންތައް ނަގާފައިވަނީ ވަރަށް "ޕޮޒިޓިވް"ކޮށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިކަމަކީ ނުވާނެކަމެއްކަމަށް ޤަބޫލުކުރަން ބޭނުންނުވާކަމަށާއި، ދިވެހިރާއްޖޭގެ ކްލައިމޭޓް އެޑްޕްޓޭޝަންގެ ތެރޭގައި ރާއްޖޭގެ ބިމުގައި ދިރިއުޅެވޭނެ ގޮތް ވިސްނުމަކީ ކުރަންޖެހިފައިވާ މުހިއްމުކަމެއްކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި އެއް ރަށެއްގައި އަޅުގަނޑު މިހާރު އެބައޮތް މޮޑެލެއް ހަދާފައި. އެގޮތަށް ބިން ބޭނުން ކުރެވޭނެ. އަޅުގަނޑަށް އަދި އޭތި މުޅިއަކުން ފުރިހަމަ ނުވި ނަމަވެސް ކޮންސެޕްޓެއް އަޅުގަނޑުމެނަށް އެބައޮތް ހެދިފައި. ދެން އަޅުގަނޑުމެން މީތި ކޮންޕެއާ ކުރަން މި ޖެހެނީ ބިން ހިއްކާފައި އެ ލިބޭ ޑްރައި ލޭންޑްގެ ވެލިއުއާ އަޅުގަނޑުމެން މިދެންނެވި ގޮތަށް އޯވަ ވޯޓާގައި ލިވް ކުރަން އެ ދާ އަގާއި އަކަފޫޓަކަށް ދާ އަގާއި މި ދޭތީގެ ހުރި އަގުގެ ތަފާތުން އަޅުގަނޑުމެން މިނާފައި ކޮންގޮތަކަށްތޯ އަޅުގަނޑުމެން ދާންވީ އޭގެ މިކްސްޗާއެއް އޮންނަންވީ ކިހިނެއްތޯ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މިދެންނެވިއުޅެންފެށިއްޖެ މިކަމުގެ ނަމަ ކޮންމެވެސް މިންވަރެއްގެ ލޭންޑް ރިކްލެއިމް ކުރަން އޮންނަ ޑިމާންޑް ކޮންމެވެސް ވަރަކަށް ކުޑަވެގެން ދާނެކަމަށާއި،ކޮންމެވެސް އެތަނުގައި ދިރުއުޅުމަށާއި އެތަނުގައި ކަމެއް ކުރުމަށް އެދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ފަޅުމަތީގައި ގޯތި އަޅައިގެން އުޅެން ދަސް ކުރަންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ބިމުގެ ގޮތުގެ ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށެވެ. ފެނުން އެއް މީޓަރު އަޑިއަށް އޮންނަ ބަޔަކީވެސް ބިން ގޮތުގައި ބަލަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.




