ނޫރަލިޔާގައި ކޭބަލް ކާރު ތައާރަފުކުރަނީ

ފަތުރުވެރިންގެ މެދުގައި މަޤްބޫލު، ސްރީލަންކާގެ ފަރުބަދަމަތީ ހިތްގައިމު ސަރަހައްދެއް ކަމުގައިވާ ނުވަރަ އެލިޔާގައި ކޭބަލް ކާރުގެ މަޝްރޫއެއް ފެށުމަށް އެ ގައުމުގެ ކެބިނެޓުން ހުއްދަ ދީފިއެވެ.

ލަންކާ ކުންފުންޏަކާއި، ފޮރިންގ އިންވެސްޓަރެއް ގުޅިގެން ހިންގުމަށް ހުށަހެޅި 50 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ އެސަރަހައްދުގެ ރައްޔިތުންގެ އިތުރުން ފަތުރުވެރިކަމަށް އަމާޒުކޮށްގެން ހިންގަން ރާވާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، ނަނު އޮޔަ ރެއިލްވޭ ސްޓޭޝަނުން ފެށިގެން އަށް ކިލޯމީޓަރު ދުރުގައި އޮންނަ ނުވަރަ އެލިޔާގެ ލޭކް ގްރެގަރީ އާދެމެދު ކޭބަލް ކާރ ސިސްޓަމް ގާއިމުކުރުމަށް 21 ޓަވަރު އެޅުމަށް އެ ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ. އަދި ނުވަރަ އެލިޔާ ރޭސް ކޯހާއި ސިންގަލް ޓްރީ ވެސް ގުޅާލުމަށް ނިންމައިފައިވެއެވެ.

ކޭބަލް ކާރު މަޝްރޫއުގެ ދަށުން 10 މީހުންގެ ޖާގައިގެ 86 ކޭބަލް ކާރު އޮޕަރޭޓް ކުރަން ނިންމާފައިވީ ނަމަވެސް ފުރަތަމަ ފިޔަވަހީގައި ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ 43 ކޭބަލް ކާރުން ކަމަށްވެސް އެ ހުށަހެޅުމުގައި ބުނެފައިވެއެވެ.

ލަންކާގެ ޕްލާންޓޭޝަންސް އިންޑަސްޓްރީސް މިނިސްޓަރުގެ ޕްރޮޕޯސަލްއަކާއެކު، ބޯޑް އޮފް އިންވެސްޓްމަންޓަށް އެ މަޝްރޫއު ހުށަހެޅުމުގެ ހުއްދަ ކެބިނެޓުން ވަނީ އެ ކުންފުންޏަށް ދީފައެވެ.

އަވަށްޓެރި ސްރީލަންކާގެ ނޫރަލިއާއަކީ ސައިފަތް ދަނޑުތައްވެސް އޮންނަ، ދިވެހިންގެ މެދުގައިވެސް މަޤުބޫލުކަން ބޮޑު އުސް ފަރުބަދަތައް އެކުލެވޭ ފިނި ސަރަހައްދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ