ޅ.ހިންނަވަރު ޕޮލިސް ސަޓޭޝަނަށް ހާޒިރުކުރި މީހެއްގެ އަތް ބިންދައިގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިތުބާރުހުރި ފަރާތަކުން މި ނޫހަށް މަޢުލޫމާތު ދެމުން ބުނީ، އިއްޔެ ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މީގެ އަހަރުތަކެއް ކުރީގެ މައްސަލައެއްގައި ބަޔާނެއް ނެގުމަށްޓަކައި ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި މިމީހާގެ ވާތުގެ ކޮނޑުހުޅާއި އޮޅަނބޮއްޓާ ދެމެދުން ވަނީ ބިންދިފައެވެ.
އިއްޔެ ހިނގި މި ހާދިސާގައި ހިންނަވަރު ޕޮލިސް ސްޓޭޝަން ތެރޭގައި މި މީހާއަށް އަނިޔާވުމުން، ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައެވެ.
މި ޚަބަރާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ނޯޓް: މި ޚަބަރު ފުރަތަމަ ގެނެސްދެވުނު އިރުގައި އަންހެނެއް ކަމަށް ލިޔެވިފައިވަނީ މަޢުލޫމާތުގެ ކުށަކުން. އެހެންކަމުން ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.





ހިޔާލު
އަތް ބިނދުނު އަންހެނެއްގެ އަނިޔީވާ ފިރިހެނަކައް