ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - ފެށުން ފޮޓޯ: ވިސާމް

މަރުވާން އުޅުނު ކުޅުދުއްފުށި އަންހެން ކުއްޖަކަށް ފަރުވާދެނީ!

އަމިއްލައަށް މަރުވާން މަސައްކަތްކޮށް، "ބްލީޗް" ބުއި އަންހެން ކުއްޖެއްގެ ހާލު ދެރަވެ ފަރުވާދެމުންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މިފަދަ ގޮތަކަށް މަރުވާން މަސައްކަތް ކޮށްފައިވަނީ، ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ޚަދީޖާ ޢަލީ ވިދާޅުވީ، މިފަދަ ހާދިސާއެއްގައި މީގެ ދެތިން ދުވަސް ކުރިން ގެނައި އަންހެން ކުއްޖަކަށް އެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށާއި، އިތުރު ފަރުވާއަށް އިއްޔެގެ ވަގުތެއްގައި ވައިގެ މަގުން މާލެ ފޮނުވާލާފައިވާ ކަމަށެވެ.

ނަމަވެސް މައްސަލައިގެ ބާވަތުން އިތުރު އެއްވެސް މަޢުލޫމާތެއް ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އިންކާރު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާއަކީ އާއިލީ މައްސަލައަކާ ގުޅިގެން ހިނގާފައިވާ ކަމެކެވެ. އަދި އެ އަންހެން ކުއްޖަކީ ކައިވެނި ކޮށްގެން އުޅޭ އަންހެން ކުއްޖެއް ކަންވެސް ވަނީ އެނގިފައެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ފެށުން އޮންލައިން" އަށް ވިދާޅުވީ، "ބްލީޗް" ބޮއެގެން ހާލު ދެރަވި 25 އަހަރުގެ އަންހެން ކުއްޖަކަށް އިއްޔެ އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.

އެ ކުއްޖާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

4 Responses

  1. މަ

    ތިބުނާ އަންހެން ކުއްޖާ މަކަރު ހަދައިގެން އޮއްވާ ރިޕޯރޓް ތަކުން ދައްކައިފި އެއްވެސް މައްސަލައެއް ނެތް ކަމަށް. ގެއަށް ދޫވެސް ކޮއްލައިފި. ހުސް ޑްރާމާ. ބްލީޗް ގެ އަސަރެއް ރިޕޯރޓަކު ނެތް.!

    8
    3
  2. ކަތްދަމާމަ

    ބައްޕަ މެމްބަރާއި ވަރަށް ކްލޯޒް. މައްސަލަ ހުއްޓިފަ. ރީދޫ އެކްޓިވިސްޓެއް!

    2
    5
    • Alifaano.

      Emanje bappa dhuniyeyga ves nei

  3. ޒަކަރިޔާކާފަ

    މާޢުގޫދޫ ކުއްޖެއް. ބައްޕަ ޖިންސީގުޅުން ހިންގާ ވާހަ ބިޓޫކައިރީ ބުނެވިގެން، ލަދުން.10 އަހަރުން ފެށިގެންކަމަށް ވޭ ޢެކަމެއްހިންގަނީ.

    4
    6
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ