ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 4 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހު (އިއްޔެ) ހަވީރު 04:00 ހާއިރު ކަމަށެވެ.

"2019 ޖުލައި 3 ވަނަ ދުވަހު ހަވީރު 16:00 ހާއިރު ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 4 އަހަރުގެ ކުޑަ އަންހެން ކުއަޖަކާމެދު އެގޭގައި ގެންގުޅޭ ބަންގްލަދޭޝް ފިރިހެނެއް ޖިންސީ ގޯނާ ކުރިކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި 38 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

"ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް. އަނިޔާ ލިބޭ ފަރާތްތަކުގެ ވަނަވަރު ހާމަނުކުރާތީވެ މި ސަރވިސް އިން އެ ކުދިންގެ އަތޮޅާއި ރަށް ހާމަނުކުރުން." އެފަދަ އެއްވެސް މަޢުލޫމާތެއް ހާމަ ނުކުރުމަށް މީޑިއާއަށްވެސް އިލްތިމާސްކޮށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިތުރަށް ތަޙްޤީޤު ކުރަމުންދާއިރު، މިކަމާ ގުޅިގެން ޖެންޑަރ މިނިސްޓަރީގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ