ލުތުފީ ރާއްޖެ ގެންނާނެ ވަގުތެއް ރައީސް މިއަދު އިއުލާން ކުރައްވާނެކަމަށް އަޑުފެތުރެނީ

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ވަރުގަދަ އުދުވާނީ ހަމަލާއެއްދީ ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށްލި ހަމަލާގެ އެންމެ އިސް ދައުރެއް އަދާކުރި ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެ ގެންނާނެ ވަގުތު މިއަދު ރައީސް ޞޯލިޙް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރައްވާނެކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ.

މިގޮތަށް އަޑު ފެތުރިފައިވާއިރު، ބައެއް މީޑިއާތަކުންވެސް އެކަން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫސް "ސަން" އިން، އިތުބާރުހިފޭ މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ލުތުފީ ރާއްޖެ ގެނައުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، ލުތުފީ ސީދާ ގެނެވޭނެ ވަގުތެއް މިއަދު ރައީސް ސޯލިހު އިއުލާން ކުރައްވާނެ ކަމަށެވެ.

މިފަދަ އަޑުތަކެއް ފެތުރިފައިވާއިރު، މިއަދު މެންދުރުފަހު 02:30 ގައި ރައީސް ޞޯލިޙް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުޠުފީ ހުރިއިރު، ލުޠުފީ ލަންކަ އެމްބަސީގައި އުޅެ ރާއްޖެ ގެނައުން ލަސްވެފައިވާ މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ