ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް - ފޮޓޯ: ރައީސް އޮފީސް

ފެލިދޫ ކުޑަކުދިންގެ ޕާކާ ގުޅޭގޮތުން އެމްޕީ ފަޒުލްއާ މަޝްވަރާވެސް ކޮށްފައެއް ނުވާނެ - ޔޫތް މިނިސްޓްރީ

ފެލިދޫ ކުޑަކުދިންގެ ޕާކާ ގުޅޭގޮތުން އެމްޕީ ފަޒުލްއާ މަޝްވަރާވެސް ކޮށްފައެއް ނުވާނެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވެފައި މިވަނީ ވ. ފެލިދޫ ރައްޔިތުންނާއި ކައުންސިލްގެ އެދުމުގެ މަތިން އެރަށުގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމަށް ޔޫތު މިނިސްޓްރީން ފޮނުވި ސާމާނުތަކުގައި އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފަޒުލް ރަޝީދު ފޮނުވި ސާމާނުކަމަށް ދޭހަވާގޮތަށް އެތަކެތީގެ ބޭރުގައި "އެމްޕީ ފަޒުލް" ލިޔެ، ހަގީގަތް އޮޅުވާލާފައިވާ ފޮޓޯ ތަކެއް މީސްމީޑިއާގައި އާއްމުވުމާއި ގުޅިގެނެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ، ވ.ފެލުދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާ ގުޅޭގޮތުން އެއްވެސް އިރެއްގައި ފަޒުލް ރަޝީދާ މަޝްވަރާކުރެވިފައިނުވާކަމަށެވެ.

މިބަޔާނުގައި އިތުރަށް މިނިސްޓަރ ވިދާޅުވީ، ރައްޔިތުންގެ އެކިއެކި ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރުން ރަށްރަށުގައި ގާއިމުކުރާ ވަސީލަތްތަކަކީ ވަކި މީހަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ކުރާ ކަންކަމެއް ނޫން ކަމަށާއި، ވީމާ ރައްޔިތުންގެ ފައިދާއާއި ލާބައަށް ސަރުކާރުން ކުރާ ކަންކަމުގެ ނާޖާއިޒް ފައިދާ އެއްވެސް ފަރާތަކުން ނަގައި، އެފަދަ ކަންކަމުގެ ނަހަމަ ބޭނުން ނުކުރުމަށް މިނިސްޓްރީންއިން އިލްތިމާސްކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ