މަހްލޫފާއި އެލީގެ "ކިޔާ ދޫތަކުން" މިއޮތީ!

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފާއި އޭނަގެ ކުޑަ އަންހެން ދަރިފުޅު އެލީ ގެ އަޑުން ކިޔާފައިވާ ނަޞްރުގެ ދުވަހުގެ ހާއްސަ ލަވަ "ޝަހީދުންގެ ޒިކުރާ"ގެ ހާއްސަ ކަވާ ވަރޝަންއެއް، ރާއްޖޭގެ 32 ވަނަ ނަޞްރުގެ ދުވަހާއި ގުޅުވައިގެން ރިލީޒް ކޮށްފިއެވެ.

"ކިޔާ ދޫތަކުން" ގެ ނަމުގައި މި ލަވަ ރިލީޒް ކޮށްފައިވަނީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މަހްލޫފެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްވަކަވަމުން މަހްލޫފް ވިދާޅުވީ، އަޅުގަނޑާއި ނަޒޫއާއި އަދި އެލީ އާއި އެެންމެން ގޭގައި ވަރަށް ލަވަ ކިޔާ ކަމަށާއި އެގޮތުން މި ލަވަ އެލީއަށް ވަރަށް ރީތިވި ކަމަށާއި އެހެންކަމުން ނޮވެމްބަރު 3 އަންނަން ކައިރިވެފައި އޮތުމުން މިގޮތައް މި ލަވަ ނެރުނީ ކަމަށެވެ.

މި ލަވައިގެ މިއުސިކް އަދި ރިކޯޑިން ހައްދަވައިދެއްވި ކަމަށްޓަކައި ކުޑަ އިއްބެއަށް ޝުކުރު އަދާ ކުރާ ކަމަށާއި ނުހާ، ސާލިމް(ބަގްސީ) އަދި ރަފްހާން(ކޮއްކޮ) ގެ އިތުރަށް ވީޑިއޯ ތައްޔާރުކޮށްދެއްވި ޝައިހާން އަށާއި އަދި ތޭރަވާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަޅުގަނޑުމެން ދެމީހުންގެ ފަހަތުގައި އެންމެ ބޮޑަށް ބައިވެރިވެދިން ނަޒޫއަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ވިދާޅުވިއެވެ.

މަހްލޫފާއި އެލީގެ އިތުރުން ނެށުމުގެ ހަރަކާތްތައްވެސް ވީޑިއޯއިން ފެނިގެންދެއެވެ. އެގޮތުން މި ލަވައިގެ ކޮރެއޮގްރަފީ ހަދައިދީފައިވާ ނުހާ، ސާލިމް(ބަގްސީ) އަދި ރަފްހާން(ކޮއްކޮ) އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ