ބެޑްމިންޓަން ބޮޑު ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރަނީ

ބެޑްމިންޓަން ބޮޑު ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަޚްލޫފު މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީއެސްއެމް އިން ގެނެސްދިން "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މަހްލޫފް ވިދާޅުވީ، ބެޑްމިންޓަން ބޮޑު ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެކުވެނިއަށް ކުޅެލަން ދާއިރު އޮންނަނީ ފުރި ބާރުވެފައި ކަމަށާއި ހުޅުމާލޭގައި ވެސް ކުޅެލާނެ ގޮތެއް ނެތިގެން އަބަދު ޝަކުވާ އަންނަ ކަމަށެވެ.

"އެޗްޑީސީގެ ދެ ކޯޓެއް އޮވޭ. އެ ދެ ކޯޓަކީ އަޅުގަނޑުމެންނާ ބެހޭވެސް ތަނެއް ނޫން. އެކަމުވެސް އެތަނަށް ކުޅެން ނުދެވޭތީ ނުވަތަ ކޯޓު މައްސަލައެއް ޖެހުނަސް ސޯޝިއަލް މީޑިއާގައި ވަރަށް ގިނައިން އެވާހަކަ ދެކެވޭ. އެކަމުވެސް އަޅުގަނޑުމެން ކުރާނެ ނެތް. މިވަގުތު އަޅުގަނޑުމެން އަތުގައި ނެތް ފެސިލިޓީއެއް. އެތަނުގައި ގިނަ ކޯޓުތަކާއިއެކީގައި ފެސިލިޓީއެއް ގާއިމު ކުރުން ކަހަލަ ކަންކަން އެހެރީ ހިމެނިގެން ގޮސްފައި." މަޙްލޫފު ވިދާޅުވިއެވެ.

ހުރިހާ ކަމެއް މާލެއަށް ކަމަށް ބުނެ، މިކަމާއި ގުޅިގެން ބައެއް ބޭފުޅުންގެ ކަންބޮޑުވުން އަންނާނެ ކަމަށް މަޙްލޫފު ވިދާޅުވިއެވެ. މިކަމަށް އިޝާރަތް ކުރައްވާ މަޙްލޫފު ވިދާޅުވީ ހުރިހާ ކަމެއް މާލެއަކަށް ނޫން ކަމަށާއި މާލޭގައި މިކުރެވޭ ކޮންމެ ކަމަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރެވޭ ކަންތައްތަކެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ