2 ރަށެއްގެ ފުޓްސަލް ދަނޑު ނިމިއްޖެ

ބ. ފެހެންދޫއާއި ފުޅަދޫގައި އަޅަންފެށި ފުޓްސަލް ދަޅުގެ މަޝްރޫޢު ނިމިއްޖެކަމުގައި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

މިއަދު ޔޫތް މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ބ. ފެހެންދޫއާއި ފުޅަދޫ ފުޓްސަލްދަނޑު ނިމިފައިވާކަމަށާއި، ޔޫތް މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށުއްގައިވެސް ކުޅިވަރު ކުޅެވޭނެ މާހައުލު ފަހިކޮށްދީ ރަށުގެ ޒުވާނުންނަށާއި މުޅި މުޖުތަމައަށް އެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

އަދި މިފަދައިން މަސައްކަތް ކުރައްވާއިރު މިފަދަ ފުރުޞަތުތައް ހޯއްދަވައި ދިނުމުގައި އެއްވެސް ރަށެއްގެ އާބާދީއަށާއި ރަށުގެ ބޮޑު ކުޑަ މިނަން ނުބަލާނެކަމުގައި ވެސް މަޙްލޫފު ވިދާޅުވެފައިވެއެވެ.

ޔޫތު މިނިސްޓްރީން އިއްޔެވެސް ވަނީ ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ