ކުޅުދުއްފުށިން ފިހާރައެއް ފަޅާލި މީހަކު، މައްސަލަ ހުށައެޅުނުތާ ބައިގަޑިއިރު ތެރޭ ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށިން ފިހާރައެއް ފަޅާލި މީހަކު، މައްސަލަ ހުށައެޅުނުތާ ބައިގަޑިއިރު ފަހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންވިދާޅުވީ ހދ.ކުޅުދުއްފުށިން ފިހާރައެއް ފަޅާލައިގެން ވައްކަން ކޮށްފައިވާކަމަށް ބުނެ މައްސަލަ ހުށައެޅިފައިވަނީ މިއަދު 14:30 ގައި ކަމަށެވެ.

އަދި މިމައްސަލަ ހުށައެޅުނުތާ ބައިގަޑިއިރެއްހާއިރުތެރޭ މައްސަލައިގެ ތުޙުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ މިމައްސަލާގައި ވަގަށް ނެގިކަމަށް ބެލެވޭ 3940 ދިވެހި ރުފިޔާވެސް ހޯދާފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން ޙައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި މިމައްސަލަ ފުލުހުން ގެންދަވަނީ އިތުރަށް ތަޙުޤީގު ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ