ގެއަކަށްވަދެ އަނިޔާކުރި ފުލުހުން ވަގުތުން ސަސްޕެންޑު ކުރާނަން - ކޮމިޝަނަރު

ކޯޓު އަމުރެއްގެ ދަށުން ގެއަކަށް ވަތް ފުލުހުންތަކެއް ތުހުމަތެއް ކުރެވޭ މީހަކަށް އަނިޔާކުރާ ވީޑީއޯ ފެނިފައިވާ ކަމަށާއި، އެކަމުގައި ބައިވެރިވި ފުލުހުން ވަގުތުން ސަސްޕެންޑް ކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު މިހެން ވިދާޅުވިއިރު، ކުލަހެދުމުގައި ތިބި ފުލުހުންތަކެއް ގެއަކަށްވަދެ މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.

އެ ވީޑީއޯއިން ފެންނަ ގޮތުގައި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކަށް ގިނަ އަދަދެއްގެ ފުލުހުން ވެގެން ބޮޑެތި އަނިޔާތަކެއް ވަނީ ކޮށްފައެވެ. އަތާއި ފައިން ފުލުހުން ވަނީ އެމީހާ ގައިގައި ތަޅާފައެވެ.

Hi Maldives Police Service is this true? Someone send me this video requested to help him share. “Mirey ge vaguthegai Maafannu ujaalaa gey thereya polihun vadhe meehei gaiga thalhanee”.

Posted by Midhu Mac on Friday, 5 July 2019

މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުރުވަމުންދާ ވީޑިއޯ ފެނިފައިވާ ކަމަށާއި، އެ ވީޑިއޯއިން ފެންނަނީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި މާފަންނު ގެއަކަށް ފުލުހުން ވަދެ ހިންގާފައިވާ ކަންތައްތަކެއް ކަމަށެވެ.

ފުލުހުންތަކެއް ހިންގި މި ޢަމަލުތައް ބަލައިނުގަނެވޭ ކަމަށާއި، މިކަމުގައި ބައިވެރިވި ފުލުހުންތައް ވަގުތުން ސަސްޕެންޑްކޮށް އެ މައްސަލަ ތަޙްޤީޤު ކުރައްވާނެކަމަށްވެސް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވިއެވެ.

ފުލުހުން ޢާއްމުންނަށް ކުރާ އަނިޔާގެ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ކޮމިޝަނަރު ވަނީ މިރޭ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ