ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

އަނިޔާކުރި ފުލުހުންގެ ނަންތަކާއެކު މައްސަލަ އެޗްއާރުސީއެމަށް

މާފަންނު ގެއަކަށް މިރޭގެ ވަގުތެއްގައި ފުލުހުން ވަދެ މީހަކަށް އަނިޔާކުރި މައްސަލައިގައި ހިމެނޭ ފުލުހުންގެ ނަންތަކާއެކު އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައަޅާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންނެވެ.

ކުލަހެދުމުގައި ތިބި ފުލުހުންތަކެއް ގެއަކަށްވަދެ، ވަރަށް އަނިޔާވެރިކޮށް މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.

އެ ވީޑީއޯއިން ފެންނަ ގޮތުގައި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކަށް ގިނަ އަދަދެއްގެ ފުލުހުން ވެގެން ބޮޑެތި އަނިޔާތަކެއް ވަނީ ކޮށްފައެވެ. އަތާއި ފައިން ފުލުހުން ވަނީ އެމީހާ ގައިގައި ތަޅާފައެވެ.

މިކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ތެރެއިން މައްސަލަ ބެލުމުގެ އިތުރުން، މި މައްސަލަ ބައްލަވައިދެއްވުން އެދި ހައުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ރައީސްއަށް ދަންނަވާފައިވާ ކަމަށެވެ.

އިތުރަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އެޗްއާރުސީއެމް އަށް މައްސަލަ ހުށަހެޅުއްވީ އެކަމުގައި ބައިވެރިވި ފުލުހުންގެ ނަންތަކާވެސް އެކުގައި ކަމަށާއި، ފުލުހުން ޢާއްމު ރައްޔިތުންނަށް އަނިޔާކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

Hi Maldives Police Service is this true? Someone send me this video requested to help him share. “Mirey ge vaguthegai Maafannu ujaalaa gey thereya polihun vadhe meehei gaiga thalhanee”.

Posted by Midhu Mac on Friday, July 5, 2019

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑަރަގް އެންފޯސްމަންޓް ޑިިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މ.އުޖާލާގެއަށް މިރޭ 07:35 ހާއިރު ވަދެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

"އެގެ ރެއިޑް ކުރިއިރު ފުލުހުން ބޭނުންކުރަންޖެހޭ ވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ހިފާފައިވާތީ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑު އަދި ހިއުމަން ރައިޓްސް ކޮމިޝަން އިންވެސް ތަޙްޤީޤު ކުރުމަށް އެދިވަޑައިގެންފައި." ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ދަނީ ބަލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

5 Responses

  1. Adnan)thabah)

    ”ENDHUHURAS“Bali jehi ginadhuasthakaku reyfanaa araafai oiy muassasaa akah nathakaa mauloomaathu husha alhaairu rayyathunnah olhunfilan olhunfilaane ehves ehcheh haraameethaa?

  2. ހުސްތު

    ވީޑިޔޯ ރަގަޅައް ބަލާ ފަ ކޮމެންޓު ކޮއްބަލަ އެބަފެނޭ ޕޭމެންޓު ގަލަކުން ޖަހާތަންވެސް ކޮބާތޯ އަނިޔާ ވެރި ވުމަކީ..ކޮމެންޓު ކޮއްފަތީ ޕޮލިހެން ހީވޭ

    • Ali

      Comment kohfa e othy kaley ge bafaa

  3. Mamee

    Fuluhunnah aniyaakurias dhifaauga ves evves kameh koggen nuvaane dho. Masthuvaa echchethi beynunkoh vikkaa meehaku faseyha in athulaeh nuganeveyne. Fuluhun naa dhimaalah roa auguraana govaifiyyaa hama angamathee jahanqvee. Dhuniyeyga konthanegga thigothah oagaatheri vanee. Emmefahun fuluhunah jeheynee thikan kan huttaalan. Thi video akun nufeney thiyabunaa aniyaaverikameh.

    1
    4
  4. soadhube

    thiyaee human rights eh noon thiyakee criminals rights

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ