ރޭ އާއްމުވި ފުލުހުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯގައި ފެންނަ "ސްޓައިލް" އަށް އަނިޔާކުރާކަމަށް ކޮންމެ ތިން ކުއްޖަކުން ދެކުދިން ބުނާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އާސިފް ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޓެގްކުރައްވައި އާސިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑެޑް) ފުލުހުންގެ ޚާއްޞަ އޮޕަރޭޝަންތައް ވީޑިއޯވެސް ކުރަންޖެހޭގޮތަށް ބަދަލުކުރަން ފެންނަ ކަމަށެވެ.
"ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑެޑް) ފުލުހުން އެޓެންޑްވާ ހުރިހާ ސީންތައް ވީޑިއޯކުރަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ޑިޕާޓްމަންޓްގެ މައްޗަށް ލާޒިމުވާގޮތަށް ޤާނޫނާއި ގަވާއިދުތައް ތަރުތީބުކުރަން ފެނޭ." އާސިފް ވިދާޅުވިއެވެ.
"ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑެޑް) ސީންތަކުގައި މިރޭ މިފެނުނު ސްޓައިލަށް ޓޯޗަރ ކުރާކަމަށް ކޮންމެ ތިން ކުއްޖަކުން ދެކުދިން ޝަކުވާކުރޭ." ކްރިމިނަލް ލޯޔަރުންގެ ތެރެއިން ފުންނާބުއުސް ލޯޔަރ އާސިފް ވިދާޅުވިއެވެ/
SO aai DED fuluhun attend vaa hurihaa scene thah video kuran fuluhunge Professional Standards Department ge macchah laazim vaa gothah codify kuran fene eve.
— Lawyer Asif?sub-zero tolerance (@Aattoa) July 5, 2019
DED scene thakuga mirey mi fenunu style ah torture kuraa kamah konme 3 kujjakun 2 kudhin shakuvaa kure eve.@M_Hameedh
ކޯޓު އަމުރެއްގެ ދަށުން ގެއަކަށް ވަތް ފުލުހުންތަކެއް ތުހުމަތެއް ކުރެވޭ މީހަކަށް އަނިޔާކުރާ ވީޑީއޯއިން ފެންނަ ގޮތުގައި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކަށް ގިނަ އަދަދެއްގެ ފުލުހުން ވެގެން ބޮޑެތި އަނިޔާތަކެއް ވަނީ ކޮށްފައެވެ. އަތާއި ފައިން ފުލުހުން ވަނީ އެމީހާ ގައިގައި ތަޅާފައެވެ.
މިކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ތެރެއިން މައްސަލަ ބެލުމުގެ އިތުރުން، މި މައްސަލަ ބައްލަވައިދެއްވުން އެދި ހައުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ރައީސްއަށް ދަންނަވާފައިވާ ކަމަށެވެ.
އިތުރަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އެޗްއާރުސީއެމް އަށް މައްސަލަ ހުށަހެޅުއްވީ އެކަމުގައި ބައިވެރިވި ފުލުހުންގެ ނަންތަކާވެސް އެކުގައި ކަމަށާއި، ފުލުހުން ޢާއްމު ރައްޔިތުންނަށް އަނިޔާކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.




3 Responses
ރޭގެ އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަތް މަސްދުވާތަކެތީގެ އަގާއި އަދަދު ކީއްވޭބާ ނޫސްވެރިންނަށް މުހިއްމު ނުވެގެން މިއުޅެނީ. ނޫނީ އެތަނުން އެއްވެސް އެއްޗެއް ނުފެންނަނީބާ?
ޢަސިފް ކަލެޔަކީ ލިއްލާހިޔަށްޓަކައި މިކަން ކުރާ މީހެއްތަ ތީގެ ތެރެއިން ގިނަ މީހުން ބުނެފަ ވާނީ ހުސް ދޮގު އަނިޔާ ނުކުރިޔަސް އަނިޔާ ކުރެޔޭ ބުނާމީހުން
Kanda elhigen Kuhverin Dhifaau Koggen, Hoadhaa Faisaa Halaau Vaane baa ey hithah araa ,