ހުޅުމާލެ ހޮސްޕިޓަލް - ފެށުން ފޮޓޯ: ވިސާމް

7 ވަނަ ފަންގިފިލާއިން ލިފްޓަކާ އެއްކޮށް ވެއްޓުނު މީހަކަށް ފަރުވާދެނީ

އިމާރާތްކުރަމުންދިޔަ ތަނެއްގެ ހަތްވަނަ ފަންގިފިލާއިން މީހަކާއެއްކޮށް ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކްގެ ދެކުނު ފަރާތުގައި "ޖާ އިންވެސްޓްމަންޓް" އިން ހަދަމުންދާ އިމާތެއްގެ 7 ވަނަ ފަންގިފިލާއިން ލިފްޓް ބޭނުންކޮށްގެން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގައި ކޭބަލް ކަނޑައިގެން ގޮސްގެން ކަމަށެވެ.

މި ހާދިސާގައި ލިފްޓާއެއްކޮށް ބިދޭސީ ފިރިހެނެއް ވެއްޓުނުކަމުގެ މަޢުލޫމާތު މިއަދު ހެނދުނު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްޓަކައި މިއަދު ހެނދުނު 09:13 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

ތަރައްޤީކުރަމުންދިޔަ އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން ލިފްޓަކާއެކު މީހަކު ވެއްޓި އަނިޔާވި، ހާދިސާގެ މައްސަލަ ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ތަޙްޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އިމާރާތުން ވެއްޓުނު މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ