ޝައިމް

ޝައިމް ގޭހައި ފޮރުވައިގެން ގެންގުޅުނު އަންހެނަކާއި ފިރިހެނެއް ފުލުހުން ހައްޔަރުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ، ގޭގައި ފޮރުވައިގެން ގެންގުޅުނުކަމުގެ ތުހުމަތުގައި އަންހެނަކާއޮ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޝައިމް ގޭގައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 4 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެ އަންހެން މީހާގެ ބަންދަށް ކޯޓުން 6 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި އަންހެން މީހާގެ އިތުރުން މިމަހުގެ 5 ވަނަ ދުވަހު 23 އަހަރުގެ ދިވެހި ފިރިހެއްވެސް މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޝައިމް ފޮރުވުމަށް އެހީތެރިވި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް، މިމަހުގެ 4 ވަނަ ދުވަހުވެސް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ފުލުހުން ހާމަކުރި ފަރާތްތަކަކީ އޭރު ކޮމިޝަނަރު ވިދާޅުވި ފަރާތްތައްކަން ވަނީ ސާފު ނުވެފައެވެ.

ގެއްލިގެން އުޅޭތާ ދެހަފްތާ ފަހުން މިމަހުގެ 1 ވަނަ ދުވަހު، ޝައިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބާރުގެ ބޭނުންކޮށްގެން މާލޭގެ ގެއަކަށް ފުލުހުން ވަދެގެން ކަމަށް އޭރު ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ޝައިމް ހުރީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޝައިމް ހޯދާފައިވަނީ، ކޯޓު އަމުރެއްގެ ދަށުން 2019 ޖުލައި 1 ވަނަ ދުވަހުގެ މެންދުރުފަހު 13:51 ހާއިރު މާލޭގެ ގެއަކަށްވަދެ ބަލާ ފާސްކުރުމަށްފަހު ކަމަށެވެ.

ޝައިމް ގެއްލިފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ތެރެއިންނެވެ. އޭނާ ގެއްލުނު މައްސަލައިގައި ޖެންޑަރ މިނިސްޓަރ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ